އަންނަ މަހު ކައިވެނިކުރާނެ ކަމަށް ދެކެވޭ ވާހަކަ މަލައިކާ ދޮގުކޮށްފި

އަރްޖުން ކަޕޫރު އަދި މަލައިކާ---

އަންނަ މަހު ކައިވެނިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ 45 ބުނެފި އެވެ.

މަލައިކާ އާއި އަރްޖުން 33، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ އިރު ދެމީހުންގެ ކައިވެނީގެ ވާހަކަ އަންނަނީ ވަރަށް ބާރަށް ދެކެވެމުންނެވެ.

'ބޮމްބޭ ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި މަލައިކާ ބުނީ "އެއީ ހަގީގަތެއް ނެތް' ވާހަކައެއް ކަމަށެވެ.

މަލައިކާ އެހެން ބުނި އިރު އަރްޖުން ކަޕޫރުގެ ބައްޕަ ބޯނީ ކަޕޫރުވެސް ވަނީ އެ ހަބަރު ދޮގުކޮށްފަ އެވެ.

އެ ދެ ތަރިން އެންމެ ފުރަތަމަ އެއްކޮށް ފެނިފައިވަނީ ފެޝަން ޝޯއެއްގެ ތެރެއިންނެވެ.

ލައިކާގެ 45 ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފައި ވަނީ އަރްޖުންއާ އެކު އިޓަލީގަ އެވެ.

މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފަ އެވެ. އަރްބާޒްއާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގަ އެވެ.

މަސްދަރު: އީ ޓައިމްސް

comment ކޮމެންޓް