އަކްޝޭގެ "ކަންޗަނާ"ގެ ހިންދީ ރީމޭކެއް ހަދަނީ

އަކްޝޭގެ ކަންޗަނާގެ ލީޑް ބަތަލާ އަކީ ކިއާރާ*---

އަކްޝޭ ކުމާރުގެ ތަމަޅަ ފިލްމު "ކަންޗަނާ"ގެ ހިންދީ ރީމޭކް އެއް ހަދަން ނިންމައިފިއެވެ.

އަކްޝޭ ޕްރޮޑިއުސްކޮށް އޭނާ އެކްޓްކުރާނެ އެ ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމުގެ ލީޑް ބަތަލާ އަކަށް ކިއާރާ އަދުވާނީ ހަމަޖައްސާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އަދި އެކްޓަރު އާރް މަދަވަންވެސް ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

ފިލްމުގެ މަސައްކަތް ނިންމާ އަންނަ އަހަރު ތެރޭ ސިނަމާތަކަށް ގެންނަން ނިންމިއިރު އަކްޝޭގެ "ކެސާރީ"ވަނީ ކުރު މުއްދަތެއްގެ ތެރޭގައި 100 ކުރޯޑުގެ އާމްދަނީ ހޯދާފައެވެ.

"ކަންޗަނާ"އަކީ ބިރުވެރި ފިލްމެކެވެ.

comment ކޮމެންޓް