ފިލްމު "ބަވަތި"ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި، ފިލްމު އަންނަ ސެޕްޓެމްބަރު މަހު!

'ބަވަތި' ގެ ޕޯސްޓަރު---

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ 'އައި ފިލްމްސް'ގެ ފުރަތަމަ ފިލްމު "ބަވަތި"ގެ މޯޝަން ޕޯސްޓަރު އާންމުކޮށްފިއެވެ.

ފިލްމުގެ ޕޯސްޓަރު ހާމަކުރި އިރު އެ ޕޯސްޓަރުން ފެނިގެންދަނީ ކަނޑު އަޑީގައި ގެނބެމުންދާ އަންހެންކުއްޖަކު ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ.

ފިލްމުގެ މައުލޫމާތު ޑައިރެކްޓަރު އިލްޔާސް ވަހީދު 'ސަން' އާ ހިއްސާ ކުރަމުން ބުނީ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލާފައިވާ ކަމަށާއި ބާކީ އޮތީ ފިލްމުގެ ލަވައެއްގެ މަސައްކަތް ކަމަށެވެ.

ފިލްމުގެ އަންހެން ލީޑަކީ ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބެވެ. އަދި ފިރިހެން ލީޑުން ފެނިގެންދަނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާގެވެ.

މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާއިރު ފިލްމު އޮލިމްޕަހަށް ގެންނާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށް ޑައިރެކްޓަރު ބުންޏެވެ. ނަމަވެސް އަދި ތާރީހެއް އިއުލާނެއް ނުކުރެއެވެ.

ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފިލްމުން ފެނިގެންދާއިރު އެ ފިލްމަކީ ތްރިލާއެކެވެ.

comment ކޮމެންޓް