އިމާރާތަކުން 15 ފޫޓް ދަގަނޑު ހޮޅިއެއް ވެއްޓިގެން އެތަނުގެ މަސައްކަތް ހުއްޓުވައިފި

މާލޭގައި ހަދަމުންދާ އިމާރާތަކުން ބިއްލޫރި ގަނޑެއް ވެއްޓިފައި---

އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަތިން 15 ފޫޓް ދިގު އަދި ދެ އިންޗި ފުޅާ ދަގަނޑު ހޮޅިއެއް ވެއްޓިގެން އެތަނުގެ މަސައްކަތް ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ 17:35 އެހާކަންހާއިރު އިނޮކްސް މޯލްޑިވްސް އިން އިމާރާތްކުރަމުން ދިޔަ މައްޗަން ގޯޅި ގެެއެއްގެ ފަސް ވަަނަ ބުރިން ކަމަށެވެ.

އަދި އެ ހޮޅި ވެއްޓުނީ އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ދެ ސައިކަލެއްގެ މަޑި މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ސައިކަލްތަކަށް ގެއްލުމެއް ލިބިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލް އާއި ހައުސިން މިނިސްޓްރީން ވެސް އިމާރާތް ކުރަމުން ދިޔަތަން ބެލި ކަމަށެވެ.

އަދި މިހާރު އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް އިމާރާތްކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތައް ނެތް ކަން ވަނީ ފާހަގަވެފަ އެވެ. އަދި އެފަދަ ހާދިސާއެެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތެއްގެ މަތިން، ބަންގްލަދޭޝްގެ އަށް އަހަރުގެ ރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވަނީ ވެއްޓިފަ އެވެ. ރައުޝަން ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފަ އެވެ.

comment ކޮމެންޓް