ޝަރުއީ ދާއިރާގެ މުވައްޒަފުންނަށްވެސް ވިހެއުމުންދޭ ޗުއްޓީ އިތުރުކޮށްފިއެވެ.
ޑިޕާޓްމެންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުން ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ ޗުއްޓީ އެއް ދޭން ނިންމައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދު އިސްލާހު ކުރަން ސުޕްރީމު ކޯޓުން ނިންމާފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ އަނބިން ވިހެއުމާއި ގުޅިގެން 30 ދުވަހުގެ ޗުއްޓީ އެއް ދޭންވެސް ވެސް ވަނީ ނިންމައިފައެވެ.
ވިހެއުމާއި ގުޅިގެން އަންހެނުންނަށް ހަ މަހުގެ މެޓާނިޓީ ލީވް، އަދި ކުއްޖާގެ ބައްޕަ އަށް އެއް މަހުގެ ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އެ ވައުދާ އެއްގޮތަށް ޗުއްޓީ ދޭން ނިންމިކަން ރައީސް އިއުލާނުކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިއާއެކު ގިނަ މުވައްސަސާތަކަކުން ވަނީ މެޓަނިޓީ އަދި ޕެޓާނިޓީ ލީވް އިތުރުކޮށްފައެވެ.