މަޖިލިސް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓާސް ލިސްޓެއްގައި ސޮއިކުރުމުގެ ތެރެއިން ---

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިއުލާނުކޮށްފައިވަނީ ފެށޭ މަހުގެ ހަވަނަ ދުވަހު އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިސްލާހު ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޝަކުވާތައް އިސްލާހު ގެނެސް ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރީ މިރޭގެ ވަގުތެއްގަ އެވެ. ވޯޓާސް ލިސްޓަށް 1256 ޝަކުވާ ހުށަހެޅި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.

އިންތިހާބުގައި ވާދަ ކުރަން 408 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ.

އެންމެ ގިނަ ކެންޑިޑޭޓުން އެއް ޕާޓީއަކުން ވާދަކުރަނީ ސަރުކާރު މައި ޕާޓީ އެމްޑީޕީންނެވެ. އަދި ޖުމްހޫރީ ޕާޓީން 42 މެމްބަރުން ކުރިމަތިލާ އިރު އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ހަ ދާއިރާއަކަށެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ތާއީދާ އެކު ކުރިމަތިލަނީ 24 ކެންޑިޑޭޓުންނެވެ. އޭގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް، ޕީއެންސީ އިން 46 މެމްބަރުން ވާދަކުރާ އިރު އެމްޑީއޭ އިން އަށް ދާއިރާއަކަށް ވާދަކުރެ އެވެ. އަދި އެމްޓީޑީންނާއި ލޭބަ ޕާޓީން ވެސް ކޮންމެ ޕާޓީއަކުން އަށް ދާއިރާއަކަށް ވާދަކުރެ އެވެ.

comment ކޮމެންޓް