ގްރޭޑް ނުވަޔަކަށް ސޯޝަލް ސްޓަޑީޒްއާއި ޕީއީ، ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލަނީ

ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުންތަކެއް---ފޮޓޯ: ޓުވިޓާ

ކީސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑް ނުވަޔަކަށް ސޯޝަލް ސްޓަޑީޒްއާއި ޕީއީ، ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލަަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ އެ ދެ މާއްދާ ކިޔައިވައިދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމީ މިވަގަތު އެ ދެ މާއްދާ ކިޔަވައިދޭން އެކަށީގެންވާ ޓީޗަރުން ނެތުމުގެ ސަބަބުންނެވެ.

" ދަރިވަރުން އިމްތިހާާން ކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް ޓީޗަރުން އަހުލުކުރެވިފައި ނުވާތީ މި ދެމާއްދާ ކިޔަވައިދުނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި ވާހަކަ ދެންނެވީމެވެ." އެ ސަކިއުލާގައި ވެއެވެ.

އަދި އެ ދެ މާއްދާ ކިޔަވައިދިނުން ހުއްޓާލާތީ އެ ދެ މާއްދާގެ ބަދަލުގައި އެ ގަޑިތަކުގައި ދިވެހި އިނގިރޭސި، ހިސާބު އަދި އިނގިރޭސި ކިޔަވައިދިނުމަށްވެސް ސާއިލާގައި ވެއެވެ.

ބައެއް ކީ ސްޓޭޖްތަކުގައި ކިޔެވުމަށް މިދިޔަ މަހުވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އާބާދީ މަދު ސްކޫލުތަކުގައި ޓީޗަރުން މަދުވުމުގެ ސަބަބުން އެކި ގްރޭޑްތައް އެެއްކޮށްލައިގެން ކިޔަވައިދެމުންގެން ދިޔަ "މަލްޓިގްރޭޑް" އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.

comment ކޮމެންޓް