ރާއްޖޭގައި، އިންޑިއާއިން ކްރިކެޓް ދަނޑެއް އަޅައިދެނީ

ރަމަޟާން ކްރިކެޓް ކާނިވަލްގެ ތެރެއިން: އޮފީސް ޓޭޕްބޯލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކުރީ ޑީއެސްސީއާއި މީރާ --- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ދަނޑެއް ރާއްޖޭގައި އަޅައިދޭން އިންޑިއާއިން ނިންމައިފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެެއްވި ދަތުރަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭއިން ކްރިކެޓް ދަނޑެެއް އަޅައިދިނުމަށް އިންޑިއާގެ އެހީއަށް އެދުމުން އެކަނ ކޮށްދިނުމަށް އިންޑިއާއިން ނިންމައިފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ކްރިކެޓް ކުޅެ އުޅެނީ އެކުވެނި ދަނޑުގައެވެ. ނަމަވެސް އެތަނަކީ މިހާރުވެސް ދުދެ ކަސްރަރުކުރާ ތަނަކަށް ވޭތީވެ އެތަން ކްރިކެޓް ކުޅެން އެންމެ އެކަށީގެންނުވާ ކަމަށްބުނެ ކްރިކެޓް ކުޅޭ ކުޅުންތެރިން ޝަކުވާ ކުރެއެވެ.

ކްރިކެޓްއަކީ ރާއްޖޭގައި އާންމުކޮށް ކުޅެ އުޅޭ ކުޅިވަރެއް ނޫނެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ބައެއް ސިޔާސީ ފަރާތްތަކުން ކްރިކެޓު ކޮންމެވެސް ވަރަކަށް ކުޅުއްވައި ހަދައެވެ.

އިންޑިއާއިން ކްރިކެޓް ދަނޑެއް ހަދައިދޭން ނިންމިއިރު ދާދި ފަހުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގައި ކުޅެފައިވާ ބައެއް ކުޅުންތެރިން ވަނީ ރާއްޖޭގައި ރަހުމަތްތެރިކަމުގެ ކްރިކެޓް މެޗްތަކެއް ކުޅެފައެވެ. އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ކްރިކެޓްގައި އަރާހުރި ގައުމެކެވެ. އަދި ބައިނަލްއަގުވާމީ މުބާރާތްތަކެއްގެ ޗެމްޕިއަންކަން އެގައުމުން ވަނީ އެތަކެއް ފަހަރަކު ހޯދައިފައެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުން ވަނީ 2005، 2006 އަދި 2010 ވަނަ އަހަރު އޭޝިއަން ކްރިކެޓް ކައުންސިލްގައި ވަނީ ވާދަކޮށްފައެވެ.

comment ކޮމެންޓް