މާލޭގެ ދެމަގެއް ފިޔަވައި ހުރިހާ މަގެއް ބަދަލުކުރަން ޖެހޭ: ސިޓީ ކައުންސިލް

މާލޭގެ މަގެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއް ރީ ޑިޒައިންކޮށް ބަދަލުކުރަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަމާއު ރޭ ވިދާޅުވީ މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ބޭރުގެ ކޮންސަލްޓެންޓަކު މި ހަފްތާގައި ރާއްޖެ އަންނާނެ ކަމަށެވެ.

އެ މަސައްކަތް ނިމުމުން މާލޭގެ މަގުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެނގޭނެ ކަމަށާއި ކޮންސަލްޓެންތުގެ ލަފަޔާ އެކު މާލޭގެ މަގުތައް ރީ ޑިޒައިން ކުރުމަށް ޕްލޭންތައް އެކުލަވާލަން ފެށޭނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

"މާލޭގެ ދެމަގު ފިޔަވައި ހުރިހާ މަގެއް ބަދަލު ކުރަން ޖެހޭ" ކަމަށާއި އެ ދެމަގު ފިޔަވައި ހުރިހާ މަގެއް ތާރު އަޅައިގެން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.

ނަމަވެސް އެ ދެ މަގަކީ ކޮބައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކުރީ ސަރުކާރުގައި ބޮޑުތަކުރުފާނު މަގުން ބަޔަކާއި އިއްޒުއްދީނު މަގު ވަނީ ތާރު އަޅައިގެން ތަރައްގީ ކޮށްފަ އެވެ.

comment ކޮމެންޓް