ދިޔަމިގިލި ބޯޓުޔާޑުގައި މަސައްކަތްކުރަން އުޅުނު މީހެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެ

މީހެއްގެ ފައިގެ އިނގިލިތައް ބުރިވީ ދަގަނޑު ފިލައެއް ވެއްޓި ---

ތ، ދިޔަމިނގިލި ބޯޓުޔާޑުގައި މަސައްކަތް ކުރަމުންދަނިކޮށް މީހެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 09:15 އެހާކަންހާއިރު ދިޔަމިގިލި ބޯޓުޔާޑުގައި މަސައްކަތްކުރަމުން ދިޔަ އިރު ފޯކްލިފްޓުން ދަގަނޑު ފިލަޔެއް ތިރިކުރަން އުޅުމުގެ ތެރޭގައި އެ ފިލާ ވެއްޓި، އެތަނުގައި މަސައްކަތް ކުރަން އުޅުނު ދިވެހި މވައްޒަފެއްގެ ކަނާތު ފައިގެ ބައެއް އިނގިލިތައް ބުރިވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ތ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް