މަރުވުމުގެ ކުރިން ބަޑި ޖެހި މީހާއަށް މުހާތަބްކޮށް ބުނީ، އޭ އަޚާއޭ!

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ހަމަލާގައި އެ ސަރަހައްދު ލެއިން ފޯވެފައި---

ނިއުޒީލެންޑްގައި ދިން ޓެރަރިސްޓް ހަމަލާގައި އެންމެ ފުރަތަމަ މަރުވި މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. ނަމަވެސް އޭނާއަކީ އަދި ކާކުކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

އެ ހަމަލާ ދީފައިވަނީ ކްރައިސްޓްޗާޗުގައި ދެ މިސްކިތެއް ކަމަށްވާ ލިން ވުޑް މަސްޖިދު އަދި އަލް ނޫރު މަސްޖިދުގައެވެ.

އެ އަނިޔާވެރި ޓެރަރިސްޓް ހަމާލާގެ ވީޑިއޯތައް މިހާރު މީސް މީޑީއާގައި ވަނީ އާންމުވެފައެވެ.

އެ ވީޑީއޯއިން ފެންނަގޮތުގައި ހަމަލާ ދޭ މީހާ އެންމެ ފުރަތަމަ މިސްކިތުގެ އެތެރެއަށް ވަނުމުގެ ކުރިން މި ދެންނެވި މީހާ، އޭނާއަށް މުހާތަބްކޮށް " ހަލޯ ބްރަދާ" ނުވަތަ "އޭ އަޚާ އޭ "ބުނާ އަޑު ވަރަށް ރީއްޗަށް އިވެއެވެ.

ނަމަވެސް ހަމަލާ ދިން މީހާ އެއަށް ދިނީ ބީރު ކަންފަތެކެވެ. އެއަށް ރައްދުގައި ފޮނުވާލީ އޭނާގެ އަތުގައި ބަޑިން އަށް ވަޒަނެވެ. ހުއްޓުމެއް ނެތި ދިން އެ ހަމަލާ ދިނުމާއެކު އޭނާ ވެއްޓުނުތައް ވީޑީއޯ ފުޓޭޖުން ވަރަށް ރީއްޗަށް ފެނެއެވެ.

އެ ޒުވާނާ ދެއްކި ނަމޫނާއަށް މީސް މީޑީއާގައި މިހާރު ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެެވެ. އެގޮތުން އޭނާގެ އެންމެ ފަހު ބަހުންވެސް އެނގިގެންދަނީ އިސްލާމްދީން ސުލްހައަށް އިސްކަންދޭކަން ކަމަށްވެސް ޓުވިޓާގައި މީހަކު ބުނެފައިވެއެވެ.

ޓުވިޓާގައި މީހަކު އެ ޒުވާނާއަށް އިޝާރާތްކޮށް ބުނީ އަނިޔާވެރިންނާ ދެކޮޅަށް އަތް އިސްނުކުރުމަކީ ފިނޑިކަމެއް ކަމަށް ދުށުމަކީ ގޯހެއް ކަމަށެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 49 އަކަށް އަރައިފައެވެ.

އެ ހަމަލާގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

comment ކޮމެންޓް