ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް އަދިވެސް ޑައުން

ދުނިޔޭގެ ބައެއް ހިސާބުތަކަށް ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ހިދުމަތް އަދިވެސް ނުލިބޭކަމަށް ބުނެފިއެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމ،ް ވަޓްސްއެޕް އަދި ފޭސްބުކްގެ ހިދުމަތް "ޑައުން" ވީ އިއްޔެގެ ވަގުތެއްގައެވެ. ބައެއް ސަރަހައްދުތަކަށް ހިދުމަތް މިހާރު ލިބެންފަށާފައިވާއިރު، އިންޑިއާ، އެމެރިކާ، ފިލިޕީންސް އަދި އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކަށް އަދިވެސް މި ހިދުމަތްތައް އަދި ނުލިބެއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމުން ވަނީ އެ ހިދުމަތްތައް ލިބުމުގައި އަދިވެސް ދަތުތައް އުޅޭކަން ޓްވިޓާ މެދުވެރިކޮށް ޔޫޒަރުންނާ ހިއްސާ ކޮށްފައެވެ.

ފޭސްބުކް އަށް ދިމާވެފައިވާ މައްސަލައާއެކު ޑެސްކްޓޮޕް ބޭނުންކޮށްގެން ފޭސްބުކް މެސެންޖާ ބޭނުންކުރުމުގައި ދަތިތައް ދިމާވާކަން ވަނީ ފާހަގަކުރެވިފައެވެ. މޯބައިލް އެޕްލިކޭޝަނުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވެފައެއް ނުވެއެވެ.

އިންސްޓަގްރާމް ސްޓޯރީސް ލޯޑުނުވާއިރު ޕޯސްޓުކުރާ ފޮޓޯތައްވެސް ނުފެނެއެވެ.

ފޭސްބުކް އިން ބުނެފައިވަނީ މި މައްސަލަތައް ދިމާވެފައިވަނީ ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން ނޫން ކަމަށެވެ. މި ހިދުމަތްތައް ލިބުމުގައި ދިމާވެފައިވަނީ ކޮން މައްސަލައެއްކަމެއް ފޭސްބުކް އަކުން ނުބުނެއެވެ.

comment ކޮމެންޓް