މި މަހުގެ ފުރަތަމަ ހަފްތާގައި ޓްރެފިކްގެ 26 މައްސަލައެއް ފުލުހުން ހައްލުކުރިކަމަށް އެ މުއައްސަސާ އިން ބުނެފިއެވެ.
ފުލުހުން ވަނީ ފުލުހުންގެ ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތްތައް ކުރިއަށް ދިޔަ ގޮތުގެ ތަފާސް ހިސާބު ވެސް އާންމު ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 19 މައްސަލައަކަށް ފުލުހުން އެޓެންޑްވިއިރު ހުޅުމާލޭގައި ހަތް މައްސަލައަކަށް ފުލުހުން ވަނީ އެޓެންޑުވެފައެވެ.
މީގެ އިތުރުން ނެއިބާހޫޑް ފުލުހުން ވަނީ މިދިޔަ ހަފްތާގައި 18 ކޮންސްޓްރަކްޝަން ސައިޓެއް ބަލައި ފާސްކޮށްފައެވެ. އެއީ މާލޭގެ 16 ސައިޓަކާއި ހުޅުމާލޭގެ ދެ ސައިޓެކެވެ.
އެ މުއްދަތުގައި އިމިގްރޭޝަނުގެ ހަތަރު މައްސަލައަކަށް ނެއިބާހުޑް ސަޕޯޓު ފުލުހުން އެޓެންޑުވިއިރު އެ ހަތަރު މައްސަލައަކީ ވެސް މާލޭގައި އެޓެންޑުވި މައްސަލަތަކެކެވެ.
މީގެ އިތުރުން ނެއިބާހޫޑް ފުލުހުން ވަނީ މިދިޔަ ހަފްތާ 171 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ 107 ސަރަހައްދަކާއި ހުޅުމާލޭގެ 21 ސަރަހައްދު އަދި ވިލިމާލޭގެ 20 ސަރަހައްދު ހިމެނެއެވެ.
މާލޭ ސިޓީގެ އަމަންއަމާންކަން ބެލެހެޓުމެގެ ގޮތުން، އަށް ސަރަހަށްދަކަށް ބަހަލައި، އެ ސަރަހައްދުތަކުގައި ފުލުހުންގެ ސަޕޯޓިވް އޮފިސަރުން މަސައްކަތް ކުރާގޮތަށް ހަމަޖެއްސީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ދަށުންނެވެ.
މަސައްކަތުގެ ދަށުން މާލެ ހަތަރު ސަރަހައްދަކަށް، ހުޅުމާލެ ތިން ސަރަހައްދަކަށް އަދި ވިލިމާލެ ވަކި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.