މާރާމާރީ ހިންގި ބަޔަކު ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި

ފަރެސްމާތޮޑާ: އެރަށުގައި މާރާމާރީ ހިންގި ބަޔަކު ފިލައިގެން އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ ބުކިން.ކޮމް

ގދ. ފަރެސްމާތޮޑާގައި މާރާމާރީ ހިންގި ބަޔަކު ފިލައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މާރަމާރީ ހިނގާފައިވަނީ ރޭ 1:15 އެހައިކަންހާއިރު އެ ރަށު މާތޮޑާ އަވަށަށް ނިސްބަތްވާ މީހަކާއި އެ ރަށު ފަރެސް އަށް ނިސްބަތްވާ ބަޔެއްގެ ދެމެދުއެވެ. މާރަމާރީ އާ ގުޅިގެން އެވެސް މީހަކަށް ސީރިޔަސް އަނިޔާތަކެއް ނުލިބެއެވެ.

ފުލުހުން މިރޭ ބުނީ، އެ ރަށު މާތޮޑާ އަވަށަށް ނިސްބަތްވާ 21 އަހަރުގެ މީހެއްގެ ގައިގައި އެރަށު ފަރެސް އަށް ނިސްތްވާ ހަތަރު މީހުގެ ތަޅާ މާރާމާރި ހިންހުމަށް ފަހު އެ ހަތަރު މީހުން ފިލި ކަމަށެވެ.

މާރަމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ފިލާފައިވަނީ ފުލުންގެ ޕޮލިސް ސްޓޭޝަނެއް ނުހުންނަށް ގދ. ނަޑެއްލާގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން މިރޭ 7:05 އެހާކަށް ހާއިރު، ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް