ރާއްޖޭގައި ނެރޭ ވިޔަފާރި މަޖައްލާ ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހޮނިހިރު ދުވަހުގެ ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭޢްވި "ގޯލްޑް 100 ގަލާ"ގައި ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަށާއި އޭއޭއޭ އެންޑް ޓްރޭޑިންގެ ކޮމްޕެނީގެ ޗެއާމަން އަބްދުﷲ އަލީ އަށް ލިބިވަޑައިގެންފި އެވެ.
މިފަހަރުގެ ގޯލްޑް 100 އެވޯޑު ހަފްލާގައި ކޯޕަރޭޓް ގަވަނަންސް އެވޯޑް (ސީޖީ)ގެ ނަމުގައި ފުރަތަމަ ފަހަރަށް ވަނީ އެވޯޑް ދީފަ އެވެ. ސީޖީ އެވޯޑު ލިބުނު ކުންފުނިތަކަކީ ދިރާގު (ސީޖީ އެފޯޓްސް އެވޯޑް 2019 ލިސްޓެޑް) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ( (ސީޖީ އެފޯޓްސް އެވޯޑް 2019 ޕްރައިވެޓް) އެވެ.
މިފަހަރުގެ އެވޯޑު ހަފްލާގައި ވެސް ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރި ކުންފުންޏަށް ވަނީ އެވޯޑު ދީފަ އެވެ. އަލްފަބެޓިކަލް އޯޑަރުން ތަރުތީބުކޮށް މި ކުންފުނިތައް ހޮވާފައިވަނީ ކޮސްމޯސް އިންވެސްޓްމެންޓް އެޑްވައިޒާސް އިންނެވެ.
މި ކުންފުނިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި، ބޭންކިންގެ ދާއިރާއާއި، ބޯޓިންގެ ދާއިރާއާއި، އިންޝުއަރެންސްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކާމިޔާބު ކުންފުނިތައް ހިމެނެ އެވެ.
މިއަހަރުގެ ގޯލްޑް 100 ލިބުނު ކުންފުނިތައް
http://corporatemaldives.com/gold100/
މި އަހަރުގެ ގޯލްޑް 100 އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާގެ ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖްގެ ޗެއާމަން ރޭ އަބޭވަރްދެނާ އެވެ.
މިއީ ގޯލްޑް 100 އެވޯޑު ދިން ތިންވަނަ އަހަރެވެ.