ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ

ލ.ގަން: އެރަށުގައި 200 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ވަނީ ނިންމައިފައި----

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ލ. ގަމުގައި 200 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ނިންމައިފިއެވެ.

އެ ރަށުގައި ހައުސިން ޔުނިޓްތައް އަޅަން އެތަން އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިންކޮށްް އަދި ބިޑްގެ އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ.

އެ މަސައްކަތުގެ ބީލަމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ އެއަށްވާ ދިވެހި ފައިސާ ބަހައްޓަން ޖެހޭނެ ކަަމަށް ފިނޭންސްއިން ބުންޏެވެ.

އެ ބިޑަށް ފައިސާ ދެއްކުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަަމައަށް ވަނީ ހުޅުވާލައިފައެވެ. އަދި ބިޑް އަންނަ މަހު ފަސްވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަަމށް ފިނޭންސްއިން ބުންޏެވެ.

ގަމުގައި 200 ހައުސިން ޔުނިޓްތައް އަޅުވަން ނިންމިއިރު، ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުންވަނީ ނިންމައިފައެވެ. އަދި އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް