ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

ބ. ކަމަދޫ -- ފޮޓޯ: ބުކިން.ކޮމް

ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު ހައްޔަރުކޮށްފި އެވެ.

އެރަށުން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ކައުންސިލްގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ރޭ އިރާކޮޅު ވަގުތެއްގައި ބ. އޭދަފުށީ ޕޮލިސްޓޭޝަނުގެ ފުލުހުން ކަމަދޫއަށް ގޮސް ކަމަށެވެ.

"މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު ހައްޔަރު ކޮށްފައި ވަނީ،"

މަސްތުވާތަކެތީގެ މައްސަލާގައި ކޯޓަށް ހާޒިރުވުމަށް ދެފަހަރެއްގެ މަތިން ކައުންސިލްގެ ރައީސަށް އެންގުމުން ވެސް ކޯޓަށް ހާޒިރު ވެފައެއް ނުވެ އެވެ. ސަމީރު ހައްޔަރު ކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުމަށް ކަމަށް ވަނީ އެނގިފަ އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ސަމީރު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް ރިޔާސީ ކެމްޕެއިނުގެ ތެރެއިން ސިޔާސީ މަސައްކަތުގައި އުޅުއްވި އެވެ.

comment ކޮމެންޓް