ރައީސް ނަޝީދު މޯދީއާ ބައްދަލު ކުރައްވައިފި

ނަޝީދު މޯދީއާ ބައްދަލު ކުރެއްވުން --- ފޮޓޯ: ނަޝީދު// ޓްވިޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މޯދީއާ ބައްދަލުކުރެއްވީ މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މޯދީއާ ބައްދަލު ކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތަށް ރާއްޖެއަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި މާލީގޮތުން ތަނަވަސް ގައުމަކަށް ވާންޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ނަޝީދު ހާމަކުރައްވައިފައެއް ނުވެއެވެ.

ކުރިގެ ރައީސް ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރައްވައިފައެވެ.

ނަޝީދު ވަނީ ހައްދުފަހަނަ އަޅައިދިއުމާއި މޫސުމަށް އަންނަ ބަދަލުތައް އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަންޏާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ކުރީގެ ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސްގެ ދައުވަތަކަށާއި، ޖަވާހަރުލާލު ނެހްރޫ ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް