ސްކޫލުތަކުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި އަމަލުކުރާނެ އުސޫލު ކަނޑައަޅައިފި

ސްކޫލުތަކުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ އައިޝަތު ވާހަކަދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލު މާހައުލުގައި ދަރިވަރުންނަށް ބުލީކުރުން ހުއްޓުވުމުގެ ގޮތުން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގެ އުސޫލު، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައި ރޭ އާންމުކޮށްފައެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ އުސޫލު ނެރެދެއްވީ ޔުނިސެފްގެ ރެޕްރެޒެންޓިވް މުހައްމަދު އަލްމުނީރު ސަފީއުއްދީންއެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބުލީކުުމަކީ އެކަމުގެ ޝިކާރައަކަށްވާ ކޮންމެ މީހަކަށްވެސް ވަރަށް އަސަރުކުރާ އަދި ދިރިއުޅުމުގެ އެހެން ކަންކަމުން މާޔޫސްކުރާ އަދި މުޅި މީހާ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"ފުރިހަމަ ސިއްހަތެއްގައި ތިބެގެން ނޫނީ ދަރިވަރުންގެ އުނގެނުނުގެ ކަންތައްތައް އެންމެ ފުރިހަމައަށް ތަރުތީބުކުރަން ދަތިވޭ. ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ދަރިވަރުންގެ ހަޔާތް ކާމިޔާބުކުރުމަށްޓަކައި ވަރަށް މުހިންމުކަމެއް،" ޑރ. އައިޝަތު ވިދާޅުވިއެވެ.

ބުލީކުރުމާ ދެކޮޅަށް ދެކޮޅަށް އެޑިއުކޭޝަންއިން ހަަމަޖެއްސި ބްރޭންޑް އެމްބެސެޑަރު އާލިފްއަށް މިނިސްޓަރު ލިޔުން ހަވާލުކޮއްދެއްވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ ހަނގާކުރުން ހުއްޓުވުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގެ މަގްސަދަކީ ސްކޫލު މާހަލަކީ ދަރިވަރުންނަށް ރައްކާތެރިވެފައިވާ ތަނަވަސް މާހައުލަކަށް ހަދައި ސްކޫލު އިންތިޒާމްކުރާ ހަރަކާތްތަކުގައި ބުލީކުރުން ހުއްޓުވާނެ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ. އަދި ބުލީކުރުމުން ރައްކާތެރިކުރުމަށް ސްކޫލު މުޖުތަމައު ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ކަނޑައެޅުމާއި ހަނގާކުރުމުގެ ހާދިސާއެެއް ހިނގައިފިނަމަ އެކަމާމެދު ފިޔަވަޅު އަޅާނެ އިޖުރާތަކެއް ބަޔާންކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އެ އުސޫލު އެކުލަވާލުމައްޓަކައި ދަރިވަރުންނާއެކު މަސައްކަތްކުރާ އެކިއެކި މުވައްސަސާތަކާ ދަރިވަރުންނާއި ބެެލެނިވެރިން އަދި ސްކޫލު ކައުންސެލަރުން ޓީޗަރުން އަދި ސްކޫލުތަކުގެ ޕްރިންސިޕަލުން އަދި ޓީޗަރުންގެ ތެެރެއިން 488 ފަރާތުގެ މަޝްވަރާ ހޯދައިފައިވާ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ހަނގާކުރުމާ ދެކޮޅަށް އޭޑިއުކޭޝަން މިނިސްޓްރީން ވަނީ ބްޜޭންޑް އެމްބެސެޑާއެއްވެސް ކަނޑައަޅައި ވަނީ ލިޔުން ހަވާލުކޮށްފައެވެ. އެމްބެސެޑާއަކަށް ކަނޑައަޅާފައިވަނީ ރާއްޖޭގެ ޔޫޓިއުބަރެއް ކަމަށްވާ އާލިފް ނަސީރެވެ.

comment ކޮމެންޓް