ފޮރިން މިނިސްޓަރު ޝާހިދު ސައުދީއަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު ޝާހިދު ސައުދީ އަށް ފުރާވަޑައިގަތުމަށް ވީއައިއޭ ގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޝާހިދުގެ މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލް އައްސަފް އާއި، ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލު ކުރެއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ

"ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދުއޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާއިމެދު މިދަތުރުފުޅުގައި މަޝްވަރާކުރެވޭނެ،" މިނިސްޓަރުގެ ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް