ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާއެއް އަންނަ ހަފްތާގައި ބާއްވަނީ

ޕްރިންސިޕަލުން ތަޖުރިބާ ބަދަލުކުރުމުގެ ގޮތުން ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމް ފެށުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާއެއް އަންނަ ހަފްތާގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މަހާސިންތާ އިންތިޒާމްކުރާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިޕާޓްމެންޓްގެ އޮފިސަރު ކޯޑިނޭޓަރު ޝުހުދާ ރިޒްވާން "ސަން" އަށް ވިދާޅުވީ އެ މަހާސިންތާ އޮންނާނީ އަންނަ ހޮނިހިރު ދުވަހާއި އަދި އާދިއްތަ ދުވަހު ކަމަށެވެ.

އެ މަހާސިންތާގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އިޖްތިމާއީ އަދާލަތު ގާއިމުކުރުމަށް ޓަކައި އިންގިލާބީ ހިންގުންތެރިކަން" އެވެ.

އެ ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ޕްރިންސިޕަޕް ފެންވަރުގެ ބޭފުޅުންނާއި އެޑިއުކޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުހުދާ ވިދާޅުވީ އެ ކޮންފަރެންސްގައި އެޑިއުކޭޝަންގެ އެކި ޕޮލިސީތަކާ ބެހޭ ގޮތުން އިސްވެރިންގެ ހިޔާލުހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު އެޑިއުކޭޝަން ޕޮލިސީގެ ސިޔާސަތު ކަނޑައަޅައިފައިވާ އިރު އެއާ މެދު ޕްރިންސިޕަލުންގެ ހިޔާލު ހޯދައި ގެންނަން ޖެހޭ ބަދަލުތައް މަހާސިންތާގައި ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް