ބެލުންތެރިން ބުނަނީ "ގޮށްރާޅު" އަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށް!

"ގޮށްރާޅު"ގެ ތަރިން---

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" އަކީ މާސްޓާޕީސްއެކެވެ. ފިލްމަށް އުންމީދުކުރި ވަރަށް ވުރެ ތަރުހީބު ބޮޑެވެ.

ފިލްމު ބެލުމަށްފަހު ބެލުންތެރިން ނުކުންނަނީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. މިވަރުގެ ދިވެހި ފިލްމެއް ނުބަލާ ކަމަށް ބުނަމުންނެވެ.

ސޯޝަލް މީޑިއާގައި ބެލުންތެރިންގެ ކޮމެންޓުތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑުކަމެވެ. ދެވަނަ ފަހަރަށް ވެސް އެ ފިލްމަކީ ބަލައިލަން ބޭނުންވާ ފިލްމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އަދި މިހާތަނަށް ހައުސްފުލް ޝޯ ތަކެއް ދައްކާފައިވާ ކަމަށްވެސް މޮގާ ބުންޏެވެ.

"މިއީ މިހާތަނަށް ބެލުނު އެންމެ ތަފާތު ފިލްމު. ގެނެސްދީފައިވާ ޓްވިސްޓައް ވަރަށް ރީތިވެފައި ތަފާތު. އެކްޝަން މަންޒަރުތަކަކީ މިހާތަނަށް ދިވެހި ފިލްމަކުން ފެނިފައިނުވާ ފަދަ ޝޮޓްތަކެއް،" ބެލުންތެރިއަކު ފިލްމާ ދޭތެރޭ ބުނެލީ މިހެންނެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

އެހެން ބެލުންތެރިއަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުރިހާ ތަރިންގެ އެކްޓިންވެސް ވަރަށް މޮޅު ކަމަށާއި ހާއްސަކޮށް ޒަކިއްޓެ އަދި ޖުމައްޔިލްގެ އެކްޓިން ވަރަށް ކަމުދާ ކަމަށެވެ.

"ދިވެހި ފިލްމެއްހެން ހީނުވާވަރުގެ އެކްޝަން ފިލްމެއް. ގަބޫލުކުރަން ދަތި ހަގީގަތްތަކެއް. ނޭވާ ހިފަހައްޓައިލަންޖެހުނު އެތައް ވަގުތެއް. ހުނަރުން ފުރިގެންވާ ފަންނާނުންތަކެއްގެ މޮޅު ހުށައެޅުމެއް. ޒަމާނީ ވިސްނުން އިސްކޮށްފައިވާ ޒުވާން ޑައިރެކްޓަރެއްގެ މޮޅު ހިޔާލެއް،" ގޮށްރާޅަށް ތައުރީފުކުރަމުން ބެލުންތެރިއަކު ބުންޏެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

ފިލްމު ބެލުމަށްފަހު ސޯޝަލް މީޑިއާގައި ފިލްމުގެ ރިވިއު ބެލުންތެރިން ލިޔުނެވެ. ފިލްމު ބަލަންޖެހޭ ސަބަބު އަންގައިދިނެއެވެ. އެ ފިލްމަކީ ނުބަލައި ދޫކޮށްލެވެން ނެތް ފިލްމެއް ކަމަށް ބެލުންތެރިން ބުނެއެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

"ފިލްމުގައި ދައްކައިދީފައި ހުރީ ހުސް ހަގީގަތްތައް. ކޮންތަރިއެއްގެ އެކްޓިންގެ ފުރިހަމަކަމުގެ ވާހައަކުން ފަށާނީ؟ ޖުމައްޔިލްގެ މޮޅު އެކްޓުންތަ؟ ނޫނީ ދުވަހަކު ވެސް ފިލްމު ކުޅެން ހުއްޓާލާން ނުޖެހޭ ޒަކިއްޓެގެ އެކްޓުންތަ؟. ނޫނީ އާ ތަރިންގެ އެކްޓިންގެ ފުރިހަމަކަމުގެ ވާހަކައިންތަ؟ މުޅި ފިލްމު ބަލަމުންދިޔައިރު ގައިން ހީބިހި ނެގި. ފިލްމުގައި އެންމެ ކަމުނުދާ މަންޒަރެއް ވެސް ނެތް،"

ބެލުންތެރިއެއްގެ ކޮމެންޓެއް---

ފިލްމުގެ ޝޯގެ ޓިކެޓް މިހާރުވެސް ވިއްކަމުންދާ ކަމަށާއި ފިލްމު ޓިކެޓުގެ އަގަކީ 100 ރުފިޔާ ކަމަށްވެސް މޮގާ ބުންޏެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް އަހުމަދު ޝިނާން ޑައިރެކްޓްކުރި މި ފިލްމަކީ ތަޅާފޮޅުން ގިނަ މިއަދުގެ މުޖުތަމައުއާ ވަރަށް ގުޅޭ ފިލްމެކެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

ފިލްމުގެ އެޑިޓިން މަސައްކަތްކޮށްފައިވަނީ ޝިނާނެވެ.

މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފައެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފައެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފައެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

އަށާރަ އަހަރުން މަތީ ކޮންމެ އުމުރުފުރާއެއްގެ މީހަކު ވެސް "ގޮށްރާޅު"ބެލުން މުހިއްމެވެ.

ފިލްމަކީ ދިވެހި ސިނަމާއަށް އިންގިލާބެއް ގެނެސްދިން ވަރުގަދަ ފިލްމެކެވެ. "ގޮށްރާޅު" އަކީ "ބޮލޮކްބަސްޓާ"އެކެވެ.

ބެލުންތެރިއެއްގެ ކޮމެންޓެއް---

comment ކޮމެންޓް