ވަގުތީ ހައްލަކާ އެކު ފުވައްމުލަކަށް ކަރަންޓު ދީފި

ފުވައްމުލަކު މަގުމަތި-- ސަން ފަިއލް ފޮޓޯ

ފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ރޭ ފުވައްމުލަކުން ކަރަންޓު ކެނޑުނު ނަމަވެސް ވަގުތީ ހައްލެއް ގެނެސް މިހާރު އެ ސިޓީ އަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ފުވައްމުލަކު ސިޓީގެ ކަރަންޓަށް ދިމާވި މައްސަލައަށް މިވަގުތު ގެނެސްފައި ވަނީ ވަގުތީ ހައްލެއް ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ އެ ސިޓީގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑުކޮށްގެން ނޫނީ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެން ނެތް ކަމަށެވެ.

"މިހާރު ކަރަންޓު ދެނީ 300 ކިލޯ ވޮލްޓްގެ ޓްރަންސްފޯމަރު ނެޓްވޯކަކުން. މި ނެޓްވޯކު 500 ކޭވީ އަށް އިތުރުކޮށްގެން ނޫނީ މި މައްސަލައަށް ހައްލެއް ނުލިބޭނެ،"

ރޭ އިރާކޮޅު ކަރަންޓު ކެނޑުނީ ފޯމަރެއް ގޮވައިގެން ކަމަށާއި ވަގުތީ ހައްލަކާ އެކު ރަށަށް ކަރަންޓު ދޫކުރެވުނީ 12:30 ހާއިރު ކަމަށް ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ވިދާޅުވި އެވެ.

comment ކޮމެންޓް