ފީވަކުގެ މީހަކު 82 ކިލޯގެ "މާވަހަރެެއް" ހޮވައިފި

މީގެ ކުރިން ރަށެއްގެ މީހަކު ހޮވި މާވަހަރެއް--- ސަން ފައިލް ފޮޓޯ

ށ. ފީވަކުގެ މީހަކު 82 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ފީވަކު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާދިލް މިއަދު "ސަން" އަށް ވިދާޅުވީ އެ "ހުދަންބަރު" ހޮވީ އެ ރަށުގެ އަހުމަދު މަނިކު ކިޔާ މީހެއް ކަމަށެވެ.

އަދި އޭނާ އެ "މާވަހަރު" ހޮވީ އިއްޔެ ރޭ ފަތިހު ޑިންގީއެއްގައި ވަދާ ގޮސް އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ "މާވަހަރު" މިވަގުތި ބާއްވާފައި އޮތީ އެ ރަށުގައި ކަމަށާއި އަދި އެ ވިއްކުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ބައެއް ރަށްރަށަށް ގިނަ އަދަދެއްގެ މާވަަހަރު ވެސް ލައްގާފައި އެބަ ހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް