ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގު އަދި ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ކުންފުނި، ސޮލަރެލް އިންޝުއަރެންސް ގުޅިގެން ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޚިދުމަތްތަކަށް ފައިސާ ދައްކައިގެން ހިލޭ ހެލްމެޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގައި ސޮލަރެލް އިންޝުއަރެންސުން ވަނީ "ސޮލަރެލް ސޭފްޓީ ރޯޑްޝޯވ 2019"ގެ ނަމުގައި ރޯޑްޝޯވ އެއް ބާއްވަން ނިންމާފައިއެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާރކްއާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައި 8 ޕެބްރުއަރީ 2019 އިން 9 ޕެބްރުއަރީ 2019 އަށެވެ.
މި ޕްރޮމޯޝަނުގައި ހިލޭ ހެލްމެޓް ލިބުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށެވެ.
ސޮލަރެލް އިންޝުއަރަންސުން ބުނި ގޮތުގައި، މި ޕްރޮމޯޝަނުގެ މަގްސަދަކީ މާރިޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖާއި ހުޅުމާލެ ހައިވޭ ހުރަސްކުރުމަށާއި މާލޭ ރިންގް ރޯޑުގައި ސައިކަލު ދުއްވޭނީ ހެލްމެޓު އަޅައިގެންކަމަށް ދިވެހި ސަރުކާރުން ނިންމާފައިވާތީ ވީހާވެސް ގިނަ ފަރާތްތަކަށް ހެލްމެޓް ލިބޭނެ ގޮތެއް މަގުފަހިކޮށްދިނުމަށާއި ރޯޑް ސޭފްޓީއާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
މި ޕްރޮމޯޝަނާއި ދިމާކޮށް ސޮލަރެލް އިންޝުއަރެންސުން ވަނީ އެކުންފުނީގެ މޮޓޯ އިންޝުއަރަންސް ޕޮލިސީ އަށް ހާއްސަ ޑިސްކައުންޓެއްވެސް ތަޢާރަފުކޮށްފައިއެވެ.
ދިރާގާއި ސޮލަރެލް އިންޝުއަރެންސުން ވަނީ މި އަހަރު ޖަނަވަރީ މަހު ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން، "ސޮލަރެލް މޮޓޯ ތަރޑް ޕާޓީ އެޕް" އިން ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސް ޕޮލިސީތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ތަޢާރަފު ކޮށްފައިއެވެ.
ދިރާގު ޕޭއަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.