ގުޅީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް އަރުވައިފި

ރައީސް ސޯލިހް ގުޅީ ކައުންސިލާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކ. ގުޅީ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ވަނީ ގުޅީ ރަށު ކައުންސިލާ ބައްދަލު ކުރައްވާފައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ކައުސިލްގެ ފަރާތުން ވަނީ އެ ރަށަށް މިހާރު ހުރި ދަތިތައް ރައީސް ސޯލިހްއާ ހިއްސާ ކޮށްފައެވެ.

އެގޮތުން ގުޅީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވަނީ ބިމުގެ ދަތިކަމާއި، ރަށުގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުންކަން ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

އަދި ރަށުގެ ތަރައްގީއަށްޓަކައި ކައުންސިލުން ކުރަން ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހް އެރުވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ގުޅީގައި ސަރުކާރުން ކުރިއަށް ގެންދަވާނެ މަޝްރޫއުތަކާ ބެހޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި، ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކިއެކި މައުލޫމާތު ރައީސް ސޯލިހަށް އެރުވިއެވެ.

comment ކޮމެންޓް