ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީީ)އަށް ހުށަހެޅި މައްސަލަތަކެއް ބެލުމަށް އެ ކޮމިޝަނުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހަޅައިފިއެވެ.
ޝަކީބާ ދެކޮޅަށް ޑީޕީއީގެ މުވައްޒަފުންތަކެއް ވަނީ އޭސީސީގެ އިތުރުން އެޗްއާރުސީއެމާއި ވަޒީފާއާ ބެހޭ ޓްރެބިއުނަލަށް މައްސަލަތަކެއް ހުށަހަޅާފައެވެ.
އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު "ސަން"އަށް ވިދާޅުވީ، ޝަކީބު މަގާމުން ދުރުކޮށްދިނުމަށް އެދި ހުށަހެޅި އެ މައްސަލަތަކުގެ ތެރެއިން އޭސީސީއަށް ހުށަހެޅި މައްސަލަތައް ބެލޭނީ ސީއެސްސީއަށް ކަމުން، ސީއެސްސީއަށް އެ މައްސަލަތައް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މަނިކު ވިދާޅުވީ، އޭސީސީއަށް ޑީޕީއީގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ކަމަށެވެ.
ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޝަކީބު، ޑީޕީއީގައި މަސައްކަތް ކުރައްވާތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ ވެސް މަސައްކަތް ކުރައްވަނީ އެ އިދާރާގައެވެ.