ޖީހާން، ހަސަންޓޭ އަދި ވައްޑެ ޓިކެޓު ކާމިޔާބު ކުރައްވައިފި

(ކ) އުނގޫފާރު ދާއިރާގެ ޓިކެޓު ލިބިވަޑައިގެންނެވި މުހައްމަދު ވަހީދު، ހިންނަވަރު ޓިކެޓު ލިބިވަޑައިގެންނެވި ޖީހާން މަހުމޫދު އަދި އިނގުރައިދޫ ޓިކެޓު ލިބިވަޑައިގެންނެވި ހަސަން އަހްމަދު ---

އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު (ހަސަންޓޭ) އާއި އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑެ) މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ދެ ބޭފުޅުން ވަނީ އެ ދެބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ 25 އަހަރު ވަންދެން ތަމްސީލުކުރެއްވި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޖީހާން މަހުމޫދެވެ. ޖީހާންއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ކުރީގެ މެމްބަރެއްވެސް މެއެވެ.

މިއީ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ހިންނަވަރުގައި ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް