ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހިދުމަތް ފެށުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ފުޅާ ދާއިރާއެއްގައި އޭވިއޭޝަންގެ ހިދުމަތް ދެމުން އަންނަ ބައިނަލްއަގުވާމީ ކުންފުނި ޔުނިވާސަލް ވެދާ އެންޑް އޭވިއޭޝަންގެ ގްރައުންޑް ހޭންޑްލިން ޑިޕާޓްމެންޓު، ޔުނިވާސަލް އޭވިއޭޝަންއިން ރާއްޖޭގައި ހިދުމަތް ފަށައިފިއެވެ.

އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ފެށީ ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައި، އިނާ މޯލްޑިވްސްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްފައިގެންނެވެ. ރާއްޖެއަކީ ޔުނިވާސަލް އޭވިއޭޝަނުން އޭޝިއާ ޕެސިފިކް ރީޖަންގައި ހިދުމަތް ފެށި އަށްވަނަ ގައުމެވެ.

"ރާއްޖެއަކީ ކްލަޔަންޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ނަމަވެސް ގޮންޖެހުންތައް ހުރި މަންޒިލެއް. އިނަ މޯލްޑިވްސް އާއެކު މަސައްކަތް ކުރަން ނިންމީ ކްލަޔަންޓުންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށް ގޮންޖެހުންތައް ގިރާ ކުރުމަށް ފަސޭހައަކަށް،" ޔުނިވާސަލް އޭވިއޭޝަންގެ ޗެއާމަން ގްރެގް އީވާންސް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އަދި މާމިގިލި އެއާޕޯޓަށްވެސް ޔުނިވާސަލް އޭވިއޭޝަނުން ހިދުމަތް ފޯރުކޮށްދެއެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހިދުމަތް ފެށުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ކޯޕަރޭޓް ޖެޓްތައް ރާއްޖެއަށް އަންނަނީ ފަތުރުވެރިކަމުގެ ސަބަބުން، ޔުނިވާސަލް އޭވިއޭޝަންގެ ގްރައުންޑް އޮޕަރޭޝަން މުވައްޒަފުންނަކީ ކަމުގެ ތަޖުރިބާ ލިބިގެންތިބި ގާބިލް މުވައްޒަފުން،" ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ރިޔާޒްވިދާޅުވިއެވެ.

ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްއިން މަސައްކަތް ކުރާނީ ދިވެހި ސަރުކާރާ ގުޅިގެން ކަމަށާއި އެ ކުންފުނިން ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރާނެ ކަމަށް ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްއިން ބުނެއެވެ.

comment ކޮމެންޓް