އަންހެނަކު ރަޖަމް ކުރަން ނައިފަރު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

ޅ. ނައިފަރުގެ އޭރިއަލް ފޮޓޯއެއް --- ފޭސްބުކް ފޮޓޯ: ޖޭއާރް ރާއޯ

ޒިނޭކުރިކަން ސާބިތުވި އަންހެނަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ، ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލް ކުރާކަމަށެވެ.

ޒިނޭގެ ކުށް ސާބިތުވި މީހަކު ރަޖަމް ކުރަން ގއ. ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓުން މީގެ ތިން އަހަރު ކުރިން ކުރި ހުކުމެއްވެސް، އެ ހުކުމް ކުރިތާ ގަޑިއެއްހާ އިރު ނުވަނީސް ސުޕްރީމް ކޯޓުން އޭރު ވަނީ ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުން އޭރު އެ މައްސަލަ ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެއެވެ.

https://sun.mv/113671

ނައިފަރު މެޖިސްޓްރޭޓު ކޯޓުގެ އެ ހުކުމް ކުރީ އެ ކޯޓުގެ ގާޒީ ޝައިހު މުހައްމަދު މޫސާއެވެ. މުހައްމަދު މޫސާ އަކީ ނައިފަރު ކޯޓުގައި މަސައްކަތް ކުރަށްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. އޭނާ އަކީ މިސްރުން ދީނީ ތައުލީމު އުނގެނިވަޑައިގެން ހުންނެވި ޝެއިހެކެވެ.

އެނގިފައިވާ ގޮތުގައި ނައިފަރު ކޯޓުން ހުކުމް ކުރި އަންހެން މީހާ ވަނީ ޒިނޭ ކުރިކަމަށް ޝަރީޔަތުގައި އިއުތިރާފްވެފައެވެ. އަދި އެ އަންހެން މީހާއަށް ވަނީ ޒިނޭކޮށްގެން ދަރިއެއްވެސް ލިބިފައެވެ.

comment ކޮމެންޓް