މާފިޔާ ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ތިން ދިވެހިން އިންޑިއާގައި ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން ދިވެހިންނާއި އިންޑިއާ މީހާ--

ހޮންކޮންގްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގްވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެހިން އިންޑިއާގެ ކޮޗިންއިން ގައި ހައްޔަރުކޮށްފިއެވެ.

އެ ހަދިސާގައި އިންޑިއާގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ އަތުން 1.5 ލީޓަރުގެ ހަޝިޝް އޮއިލް ފެނުނުއިރު އޭގެ އަގު އިންޑިއާ ރުޕީސްގެ 4.5 ކުރޯޑް ރުޕީސް ނުވަތަ 246500 އަށް އަރައެވެ.

އިންޑިއަން އެކްސްޕްރެސްއިން ބުނީ އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ އާޒިމް ހަބީބް އާއި މުހައްމަދު ސަފޫފް އަދި ޝިފާން އިބްރާހިމް ކަމަށެވެ.

އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ އެމީހުންނާ މެދު ޝައްކުވެގެން އެމީހުންނަށް ފާރަލައިގެން ހިންގި އޮޕަރޭޝަނެއްގައި ކާރު ޕާކު ކުރާ ތަނަކުން ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނީ ހައްޔަރުކުރި ތިން މީހުންވެސް އުޅުނީ ޓޫރިސްޓުން ކަމަށް ހެދިގެން އެކި ހޮޓާތަކުގައި ކަމަށެވެ. އަދި އެމީހުންގެ ޕާސްޕޯޓް ބަލާ ޗެކްކުރިއިރު ރާއްޖެއާއި ތައިލެންޑާއި އަދި ސިންގަޕޫރު މަގުން އިންޑިއާއަށް އެކި ފަހަރު މަތިން އެތެރެވެފައިވާ ކަމަށެވެ.

comment ކޮމެންޓް