ބިޒްނަސް އެވޯޑްސް: ހަޔާތީ އަރުތައިގެ އިނާމު ގާސިމަށް

ގާސިމް އިބްރާހިމަށް އެވޯޑް އަރުވަނީ ---

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ހަޔާތީ އަރުތައިގެ އިނާމު ނުވަތަ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް ލިބިލައްވައިފިއެވެ.

މިރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018ގެ ގާލާގައި ގާސިމް އިބްރާހިމް އާ އެވޯޑު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ނިޝާން އިޒުއްދީނުގެ ވެރިޔާ އައްބާސް އިބްރާހިމް އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ބާނީ ގާސިމް އަކީ ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ފުންނާބުއުސް އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ޚާއްސަކޮށްގެން ދޭ ފުރަތަމަ އެވޯޑެވެ. ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުންދޭ މި އެވޯޑު ދޭ މިއީ ފުރަތަމަ އަހަރެވެ.

މިރޭގެ ރަސްމިއްޔާތުގައި އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް ކެޓަގަރީ އިން ވަނީ އެވޯޑުތައް ދީފައެވެ.

comment ކޮމެންޓް