ރައީސް މައުމޫން ބޭސްފަރުވާއަށް އިންޑިއާއަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއެކު ރައީސް މައުމޫން އިންޑިއާއަށް ފުރާ ވަޑައިގަތީ މިއަދު ހެނދުނުއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ މައުމޫން، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުން ނަސްރީނާ އާއެކު އިންޑިއާގެ ކޮއިންބަޓޯއަށް ބޭސްފަރުވާއަށް ފުރާވަޑައިގަންނަވާ ކަމަށެވެ.

އުންމީދު ކުރައްވަނީ ހަފްތާއެއްހާ ދުވަސް ތެރޭގައި އެނބުރި މާލެ ވަޑައިގަނެވޭނެ ކަމަށް މައުމޫންގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

comment ކޮމެންޓް