ދިރާގު ރޯދަ ޕްރޮމޯޝަންގެ 8 ނަސީބުވެރީން އުމްރާއަށް ފުރައިފި

ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރުގެ ނަސީބުވެރީންގެ ތެރޭގައި ހިމެނުނު 8 މީހުން އިއްޔެ ވަނީ ޢުމްރާގެ އަޅުކަންކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ފުރާފައި-- ފޮޓޯ: ދިރާގު

އެންމެ ފަހުން ނިމިދިޔަ ރޯދަމަހު ދިރާގުން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮމޯޝަން ތަކުގެ ތެރޭން، ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރުގެ ނަސީބުވެރީންގެ ތެރޭގައި ހިމެނުނު 8 މީހުން އިއްޔެ ޢުމްރާގެ އަޅުކަންކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

ދިރާގުން މިއަހަރު ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ތަކުގެ ތެރޭން، ރޯދަމަހު ކުރިއަށް ގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު އިނާމަކަށް ވެގެން ދިޔައީ މި ޢުމްރާ ދަތުރުތަކެވެ. އެއީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު 2 މީހެއްގެ އުމްރާ ދަތުރެކެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ބޭއްވި މި ގުރުއަތުލުމުގައި ނަސީބުވެރި ކަސްޓަމަރުން ހޮވާފައިވަނީ ރޯދަމަހަށް ހާއްސަކޮންގެން ޓީ.ވީ.އެމް އިން ހުށައަޅާ "މިވަގުތު" ޕްރޮގްރާމުގައި ލައިވް ކޮށެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި ކޮންމެ މޫސުމަކާއި ގުޅޭ ފަދަ އަގުހުރި ޕްރޮމޯޝްތަކާއި ހަދިޔާތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ރޯދަ މަހަކީ ހެޔޮކަމާއި ހަދިޔާ ބަދަލުކުރުމާއި އަދި ދީލަތި ކަމުގެ މައްސަރެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާ ގުޅުވައިގެން ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކިއެކި ކުންފުނިތަކުންނާއި ވިޔަފާރިތަކުން ދަނީ ކަސްޓަމަރުންނަށް ހަދިޔާ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ދޭ އެއް ކުންފުނި ކަމަށްވާ ދިރާގަކީ ބަރަކާތްތެރި ރޯދަމަހުގައި ކަސްޓަމަރުން އަގުވަޒަންކުރެވޭނެ ފަދަ ބޮޑެތި ހަދިޔާތައް ކޮންމެ އަހަރަކުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

comment ކޮމެންޓް