ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަކަށް އަލީ ނަޒީރު

ޖަމިއްޔާތަކުގެ ރެޖިސްޓްރާއަކަށް ހަމަޖެއްސި އަލީ ނަޒީރު ---

ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ހަމަޖައްސައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޖަމިއްޔާތަކުގެ ގާނޫނުގެ 39 ވަނަ މާއްދާގައި ވާ ގޮތުން ޖަމިއްޔާ ގެ ރެޖިސްޓްރާ ކަމަށް އަލީ ނިޒާރު މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޖަމިއްޔާގެ ރެޖިސްޓްރާ އަކަށް މީހަކު ހަމަ ޖައްސާނީ ރައިސުލްޖުމްހޫރިއްޔާއެވެ.

ޖަމިއްޔާގެ ރަޖިސްޓްރާ އަށް ވަނީ ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގެ ބާރު ގާނޫނުން ދީފަ އެވެ.

comment ކޮމެންޓް