މިސް ޔުނިވާސްގެ ތާޖު ހަތަރުވަނަ ފަހަރަށް ފިލިޕީންސަށް

މިސްޔުނިވާސް 2018 ގެ ތާޖު ހަވާލުކުރުން ---

މިއަހަރުގެ މިސް ޔުނިވާސްގެ ތާޖު ފިލިޕީންސްގެ ރީތީގެ ރާނީ ކެޓްރިއޯނާ ގްރޭ ހާސިލްކޮށްފިއެވެ.

ތައިލެންޑުގެ ބެންކޮކްގައި ބޭއްވި މިސްޔުނިވާސްގެ ފިނާލޭގައި ގްރޭގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސް ސައުތު އެފްރިކާގެ ޑެމީ ލެއި-ނެލް ޕީޓާސް އެވެ.

ގްރޭއާ 24، އެކު މިސް ޔުނިވާސް ފިނާލޭގައި ދެން ވާދަކުރީ ސައުތު އެފްރިކާ އާއި ވެނެޒުއޭލާގެ ރެޕްރެޒެންޓޭޓިވުންނެވެ.

ގްރޭއާ ކުރި ފައިނަލް ސުވަލަކީ ދިރިއުޅުމުގައި ދަސްވި އެންމެ މުހިއްމު ފިލާވަޅަކީ ކޮބަ ކަމާއި މިސް ޔުނިވާސްގެ ހައިސިއްޔަތުން އެ ފިލާވަޅުގެ ބޭނުން ހިފާނީ ކިހިނެއްތޯ އެވެ. އޭނާ ބުނީ ފިލިޕީންސްގައި އުޅޭ ފަގީރު ކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. މެނީލާގެ ސްލަމް ތަކުގައި މަސައްކަތް ކުރި ކަމަށާއި އެ ހާލަތު ބަދަލުކުރަން ބޭނުންވަކަމަށް ގްރޭ ބުނެފައިވެއެވެ.

ގްރޭ އަކީ އެޗްއައިވީ/އެއިޑްސް އެޑްވޮކޭޓެއްގެ އިތުރުން ވޮލަންޓްރީ މަސައްކަތް ކުރާ މީހެކެވެ.

ފިލިޕީންސުން ވަނީ 1969 ވަނަ އަހަރައި 1973 އަދި 2015 ވަނަ އަހަރު ވެސް މިސް ޔުނިވާސްގެ ތާޖު ހޯދައިފައެވެ.

comment ކޮމެންޓް