އެއާޕޯޓް މުވައްޒަފުންގެ ސައިކަލް ހިލޭ ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދު ކަނޑައެޅުން -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ

އެއާޕޯޓުގައި މަަސައްކަތް ކުރާ މުވައްޒަފުންގެ ސައިކަލު ހިލޭ ޕާކު ކުރެވެނެ ސަރަހައްދެއް ކަނޑައަޅައި ދަތުރު ފަތުރުގެ ދާއިރާ އިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ހާސިލްކުރަން ވައުދުވެފައިވާ އިތުރު ވައުދެއް ފުރިހަމަ ކުރައްވައިފި އެވެ.

މުވައްޒަފުންނަށް ހާއްސަކޮށްގެން އެއާޕޯޓްސް ކޮމްޕެނީ އިން ގާއިމްކުރި ޕާކިން އޭރިއާގައި 700 ސައިކަލު ޕާކު ކުރެވޭނެ އެވެ. މި ޕާކިން އޭރިއާ އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އެއާޕޯޓުގއި މިއަދު ހުޅުވި ޕާކިން އޭރިއާގެ ސަބަބުން މީގެ ކުރިން އެއާޕޯޓުގެ މުވައްޒަފުން ސައިކަލު ޕާކު ކުރަން ގަޑިއިރަކަށް ހޭދަކުރަން ޖެހޭ 10 ރުފިޔާ ހޭދަކުރަން ނުޖެހޭނެ ކަމަށެވެ.

އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދު ކަނޑައެޅުން -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ

އަށް ގަޑިއިރުގެ ޑިއުޓީ ކުރާ މުވައްޒަފުން މީގެ ކުރިން އެއާޕޯޓުގައި ސައިކަލު ޕާކުކުރާ ނަމަ ދުވާލަކަށް 80 ރުފިޔާ ޕާކިން ފީގެ ގޮތުގައި ދައްކަން ޖެހެ އެވެ.

އެމްއޭސީއެލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މޫސާ ސޯލިހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ޖާގަ ބޮޑު ޕާކިން އޭރިއާއެއް މުވައްޒަފުންނަށް ހާއްސަ ކުރެވޭނެ ކަމަށެވެ. އެގޮތުން 1300 ސައިކަލު ޕާކު ކުރެވޭނެ ޖާގައެއް ތަރައްގީ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދު ކަނޑައެޅުން -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ

އެކްޓިން އެމްޑީ ވިދާޅުވީ އެއްގަމު އުޅަނދުތަކަށް ހާއްސަ ޕާކިން ސަރަހައްދު ހުންނަނީ ކްރިޓިކަލް ތަނެއްގައި ކަމަށާއި އެކަމަށް ހާއްސަ ހުއްދަތަކެއް ނަގަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހު ދަތުރުފަތުރުގެ ދާއިރާއިން 15 ކަމެއް ހާސިލްކުރަން ނިންމާފައިވާ އިރު އޭގެ ތެރެއިން ފަސް ވައުދެއް މިހާރު ވަނީ ފުރިހަމަ ކުރެވިފަ އެވެ.

comment ކޮމެންޓް