Ooredoo
Dhiraagu

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމްގައި މާލެ ތެރެއިން ނެގި ކުނި --- ފޮޓޯ: އެންވައިރުމެންޓް މިނިސްޓްރީ

ރާއްޖެއަކީ ސާފު ރީތި ތަނަކަށް ހެދުމުގެ ގޮތުން "ސާފު ރާއްޖެ އަރެންގެ ޒިންމާ"ގެ ނަމުގައި އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

ADK GENERAl

އެ ޕްރޮގްރާމް މާލޭގައި ފައްޓަވައިދެއްވާނީ އަންނަ ހޮނިހިރު ދުވަހު މާލޭގެ ޓާފް ދަނޑުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އެ ޕްރޮގްރާމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުުރު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޑޮކްޓަރު ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މިއީ ސިލްސިލާކޮށް ރާއްޖޭގެ އެކިއެކި ހިސާބުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވެގެން ދާނެ ކަމަށެވެ.

" މިކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހިންގައިދެއްވުމަކީ ރަށްރަށުގެ ކައުންސިލްގެ ކިބައިންނާއި ސްކޫލުތަކުގެ ކިބައިންނާއި ރަށްރަށުގެ ވިޔަފާރިކުރާ މީހުންނާ އާންމުންގެ ކިބައިން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެއް، އަލުގަނޑުމެންގެ ކުންޏާމެދު އަޅުގަނޑުމެން ޒިންމާވާން ޖެހޭ." ޑރ. ހުސެއިން ވިދާޅުވިއެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުން އިތުރުވެފައިވާ މައްސަލައަށް އަލި އަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ މާލޭގައި ޑަސްބިން ބެހެއްޓިޔަސް އެކަަމުގެ ނާޖާއިޒް ފައިދާ ބަޔަކަށް ކުރާ ކަމަށާއި އަދި އެ ޑަސްބިންތައް ބެހެއްޓުމަށް ކުރަން ޖެހޭ ދިރާސާތައް މިހާރު ކުރަމުންގެންދާ ކަމަށެވެ.

މާލެ ސާފުކުރުމުގެ ޕްރޮގްރާމްތަކެއް މީގެ ކުރީ ސަރުކާރުތަކުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Redstar
comment ކޮމެންޓް

comment ބީއެމްޑަބްލީޔޫ

6 year 5 month ago

އަބަދުވެސް ފެށިފައި އޮތް ޕްރޮގްރާމެއް!!! ކަންކަމާއި ޙަވާލުވެ ތިބޭ ބަޔަކު ފަރުވާ ކުޑަވީމަ ހީވަނީ އެ ޕްރޮގްރާމް ހުއްޓުނީއޭ!!! އެހެނެއް ނޫން ޕޮރޮގްރާމް އޮތީ ހަމަކުރިޔަށް، ކުޑައިކޮށް ހީވާގިވެލަންވީ!!!!! އަޅުގަނޑުމެންނަށް މިވަނީ، "ފަތިހު ފަނުން ފުންމާލާ ހާލަށް" ވާހެން!!!!!!!

comment މުފައްކިރު

6 year 5 month ago

އެމްޑީޕީ މީހުން ޖެއްސުމަށް މާލޭގެ މަގުތަކަށް ކުނީއެޅީ އިސްސަފުގައި ތިބި މީހުންގެ ލަފަޔާއެއްގޮތައް/ ކޮންސާފެއް ކުރެވޭނީ މާލޭގެ ކުނިކޮށްޓައް ގޮތްހަދަން ނޭގުނު ބަޔަކަށް

comment އިބޫ

6 year 5 month ago

މިފަހަރު އެގޭނެ ސަޕޯޓް އޮތްވަރު ރަށްރަށުން ފެންނާނެ ސަޕޯޓްއޮތަވަރު

comment މުހުތާޖު

6 year 5 month ago

ދެން އިބޫއާ ފައިސަލް ނިކުމޭ

comment އަސަދު

6 year 5 month ago

ބަލަންތިބޭތި ތިޔަހަރަކާތުގައިވެސް ބައިވެރި ނުވާނީ އެމްޑީޕީ މީހުން

comment ބަނިމަ

6 year 5 month ago

ކަލޭނޭ އާކަމެއްތަ. އަދި އަލަށްފެށި ކަމެެއްތަ. އޮޅުވާލިވޯޓް ސަރުކާރު