އެކްސްކަވޭޓަރަކުން ޖެހި ކަނޑުހުޅުދޫގައި މީހަކު މަރުވެއްޖެ

ކަނޑުހުޅުދޫ --

އެކްސްކަވޭޓަރަކުން ޖެހި ގއ. ކަނޑުހުޅުދޫގައި އިންޑިއާ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެސްކެވޭޓަރަކުން ޖެހިގެން މަރުވީ އުމުރުން 35 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"އެސްކެވޭޓަރުން ޖެހުމުގެ ސަބަބުން އޭނާ ގެންދިޔައީ ސިއްހީ މަރުކަޒަށް. ފަރުވާދެމުން ދަނިކޮށް މަރުވީ،"

މަރުވި މީހާގެ ހަށިގަނޑު މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ. މަރުވި މިހާ އަކީ އެމްޓީސީސީގެ މުވައްޒަފެކެވެ.

comment ކޮމެންޓް