ގޭ ބަންދުގައި ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ގޭގައި ހުންނަ އިރުވެސް އެނާއާ ދޭތެރޭ ސަމާލުވެ، ފުލުހުން އޭނާ މޮނިޓާ ކުރަން ޖެހޭ ކަމަށް، ކުރީގެ ޕްރޮސެކުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު، މިދިޔަ ހޯމަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ކަރެކްޝަނަލް ސާވިސް އިން ވަނީ ގެޔަށް ބަދަލު ކުރުމަށް ހުއްދަ ދީފަ އެވެ.
މިކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި، އަދީބަށް ވެސް ބޭސް ފަރުވާ ކުރުމުގެ ހައްގު އެބަ އޮތް ކަމަށާއި ނަމަވެސް އެނާ އަކީ ނުރައްކާތެރި މުޖުރިމެއް ކަމަށެވެ.
"[އަދީބު ވަނީ]ދައުލަތުގެ ފައިސާ އަށް ވަނީ ހިޔާނާތްތެރި ވެފައި. ގޭގައި ހުންނަ އިރު ވެސް އޭނާއާ ދޭތެރޭ ސަމާލުވެ ފުލުހުން [އަދީބު] މޮނީޓާ ކުރަންޖެހޭ،" މުއިއްޒު ކުރެއްވި ޓްވީޓްގައި ލިޔެފައިވެ އެވެ.
Adeebah ves beysfaruvaage haggu ebaoiy. Namaves Adeebakee v nurakkaatheri mujurimeh. Dhaulathuge faisaa ah vanee khiyaanaiytheri vefa. Geygai hunna iru ves eyna aa dheytherey samaaluve fuluhun monitor kuranjehey. Khiyaanaathuge faisaa foruvaa, eki faraaiythakah dhevigen nuvaane!
— Ahmed Muizzu (@AhmedMuizzu) November 28, 2018
މުއިއްޒު ވިދާޅުވީ އަދީބަށް ހިޔާނާތުގެ ފައިސާ ފޮރުވާ، އެކި ފަރާތްތަކަށް ދިނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އަދީބު ގޭ ބަންދަށް ބަދަލު ކުރި އިރު، އޭނާ އަށް ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ދިޔައީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ ދާދި ފަހުން ވަނީ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް އޮޕްރޭޝަނެއް ވެސް ކޮށްފަ އެވެ. އެ އޮޕަރޭޝަނަކީ އަދީބުގެ ކިޑްނީގައި ހުރި ހިލައެއް މުގުރާލުމަށް ކުރި އޮޕަރޭޝަނެކެވެ.