ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އުމަރު ހުސެއިން ޖޭޕިއަށް ސޮއި ކުރެއްވިކަން އިއުލާނު ކުރައްވައިފަ އެވެ.
އުމަރު ހުސެއިނަކީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
Maruhabaa Hon MP Umar Hussain! JP aai gulhivadaigathumun ikhulaastheri shukureh dhannavan! pic.twitter.com/8iC40430IB
— Abdulla Riyaz MP (@riyazabdulla) November 28, 2018
ފަހަކަށް އައިސް ގިނަ އަދަދެއްގެ މެމްބަރުންނާއި ސިޔާސީ އެހެނިހެން ފަރާތްތަކުން ދަނީ ޖޭޕީ އަށް ސޮއި ކުރަމުންނެވެ.
ޖޭޕީއަށް ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ހިމެނިވަޑައިގަންނަވަ އެވެ.