ހުނަރު ޕްރޮގްރާމްގެ ދަށުން 570 މީހުން ތަމްރީނު ކުރުމަށް ފަސް ފަރާތަކާއެކު އެގްރީމެންޓްގައި ސޮއިކޮށްފި

ސަރުކާރުގެ ހުނަރު ޕްރޮގްރާމްގެ ދަށުން އިތުރު 570 ބައިވެރިން ތަމްރީން ކުރުމަށް ފަސް ފަރާތަކާއި އެކީ މިއަދު އެގްރީމެންޓްގައި ސޮއިކޮށްފިއެވެ. މިއަދު ސޮއިކުރީ ކުލިކްކޮލެޖާއި، ވިލާ ކޮލެޖް، ޓޯޓަލް އިންވެސްޓްމަންޓް ސެކިޔުރިޓީ ޕްރައިވެޓް ލިމިޓެޑާއި، ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސާއި އަދި ފޯކަސް އެވެ.

އެގްރީމެންޓުގައި ސޮއިކުރުމަށް މިއަދު ޝޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތައްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު އަލިމަނިކު މިއަދު ވިދާޅުވީ މި ފަރާތްތަކާއި އެކު އެގްރީމެންޓުގައި ސޮއިކުރެވުނު ކޯސްތަކުގެތެރޭގައި ހައުސްކީޕިން، ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް، ސެކިޔުރިޓީ ގާޑުން ތަމްރީން ކުރާކޯސް، ސޯޝަލް ވޯކަރުން ތަމްރީންކުރާ ކޯސް، އަދި ރީޓެއިލް ސާވިސަސް އާއި ސޭލްސްމްނުން ތަމްރީންކުރުމުގެ ކޯސް ހިމެނޭ ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ މީގެކުރިން ދެ ފަހަރެއްގެމަތިން އަށް ފަރާތަކާއިއެކިގައި 1215 ބައިވެރިން ތަމްރީންކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު