ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 49 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2018 ގެ ކުޅުން ނިންމާލައިފިއެވެ.
އެސްޓީއޯ އިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މި އަހަރު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އަހުމަދު މަހްލޫފެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޅިވަރު ކުޅުމުގެ ފުރުސަތު ތަނަވަސް ކުރުމުމަކީ މުހިއްމުކަމެއް ކަމަށާއި އަދި "އެކަމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ"ކަމަށެވެ.

ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކުރަނީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން
ތަފާތު ކެޓަގަރީތަކަށް ބަހައިލަގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ވަނަ ވަނައަށް އައި ކުޅުންތެރިންނަށް ވަނީ ތަށްޓާއި ހަނދާނީ ލިޔުން ދީފައެވެ.

ވަނަ ވަނައަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކުރަނީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން
އަދި މުބާރާތުގައި ބައިވެރިވި 12 އަހަރުން ދަށުގެ އުމުރުފުރާގެ ހުރިހާ ކުޅުންތެރިންނަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. މުބާރާތުގެ އޮފިޝަލުންނަށް ވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.