އެމްޑީއޭގެ ހިންގުމާ ސިޔާމް ހަވާލުވެވަޑައިގެންފި

މޯލްޑިވްސް ޑިވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ)ގެ ހިންގުމާ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހަވާލުވެވަޑައިގެންފިއެވެ.

އެމްޑީއޭ ހިންގުން ސިޔާމާ ހަވާލު ކުރީ މިއަދު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

ސިޔާމް މިއަދު އެމްޑީއޭގެ ހިންގުމާ ހަވާލުވެވަޑައިގެންނެވީ، މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެޕާޓީގެ ހިންގުން ވަގުތީ ގޮތުން ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ހަވާލުކޮށްފައިވަނިކޮށެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ގައުމީ މަޖިލިސް ގެ ތެރެއިން ---

މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިތުރު ނިންމުންތަކެއްވެސް ނިންމާފައެވެ.

އެގޮތުން ކުރިން ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ޕާޓީން ވަކިވެވަޑައިގަތުމުން ހުސްވެފައިވާ، ޑެޕިއުޓީ ލީޑަރު މަގާމަށް ކައުސިލް މެމްބަރު އައިޝަތު މަމްދޫހާ ވަނީ އައްޔަންކޮށްފައެވެ.

މީގެ އިތުރުން ކައުސިލުން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށްވެސް ދެ ބޭފުޅަކު މިއަދު ވަނީ ހަމަޖައްސަވާފައެވެ.

އެ ޕާޓީގެ ލީޑަރު އައްޔަން ކުރާ ކައުސިލް މެމްމަބަރު ކަމަށް މިއަދު އައްޔަން ކުރީ ގ. ނަޒުލް، މުހައްމަދު ޝަމީޒު އާއި ނ. ވެލިދޫ، ވެލާނާގޭ، މުހައްމަދު އައްބާސް އެވެ.

އެމްޑީއޭގެ ކައުސިލަށް މިއަދު އަށްޔަން ކުރެއްވި އައިޝަތު މަންދޫހާ، އަދި ކައުސިލަށް އައްޔަން ކުރި މުހައްމަދު ޝަމީޒު އާއި މުހައްމަދު އައްބާސް --

އަންނަ މަހު މާޗު މަހު އޮންނަ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާތަކަށް ވެސް ވާދަކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް އިން ވަނީ ނިންމާފައެވެ.

comment ކޮމެންޓް