މެމްބަރު އަރީފް އާއި މޫސާ އަލީ ޖަލީލް ޖޭޕީ އަށް

މ.ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް މޫސާ އަލީ ޖަލީލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

މި ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވީ މިއަދު ޖޭޕީގެ މައި އޮފީސް މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި އަދި ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ސިފައިންގެ ވަޒީފާ އަދާކުރައްވަމުން ރާއްޖެއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މޫސާ އަލީ ޖަލީލު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

މިއަދު ޖޭޕީއަށް ސޮއިކުރެއްވި މެންބަރު ހުސައިން އަރީފް އަކީ އެޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެލެއްވި މެންބަރެކެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީއޭ އަށް ސޮއިކުރައްވައިފައެވެ.

މަޖިލީހުގެ އިތުރު މެންބަރުންތަކެއްވެސް ޖޭޕީއަށް ސޮއިކުރައްވާނެ ކަމުގެ އިޝަރާތެއް ގާސިމް މިއަދު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އާއި މާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ވަނީ ދާދިފަހުން ޖޭޕީ އަށް ސޮއިކުރައްވައިފައެވެ.

comment ކޮމެންޓް