އުފަންވާ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދެނީ

24 އޮކްޓޫބަރު 2018 ގައި އިންތިހާބީ ރައީސް އާއި ނައިބް ރައީސް މާފަންނު މެދުދާއިރާގެ ރައީތުންނާއި އެކު ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އުފަންވާ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި "ބޭބީ ބޮކްސް" އެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އިބޫ ވެރިކަމުގެ ހުވާ ކުރައްވައި މަގާމާ އިއްޔެ ހަވާލުވެވަޑައިގެންފައިވާއިރު، ކުރިއަށް އޮތް 100 ދުވަސްތެރޭ ކުރައްވާނެ ކަންތައްތައް މިހާރު ވަނީ ހާމަކޮށްފައެވެ.

އެގޮތުން ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ”ބޭބީ ބޮކްސް“ ކުރިއަށް އޮތް ނުވަދިހަ ދުވަސްތެރޭ ދޭން ފަށާނެކަމަށް އިބޫގެ މެނިފެސްޓޯގައި ވެއެވެ.

ބޭބީ ބޮކްސް އަކީ ދުނިޔޭގައި ކުރިއަރައިފައިވ ބައެއް ގައުމުތަކުގައި އުފަންވާ ކުދިންނަށް އެގައުމުތަކުގެ ސަރުކާރުން ދެމުންގެންދާ ހަދިޔާއެކެވެ.

ރައީސް އިބޫގެ ފުރަތަމަ 100 ދުވަސްތެރޭ، ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު .ލިބޭނެކަމަށް ވެސް މެނިފެސްޓޯގައި ބުނެފައެވެ، އަދި ބައްޕައަށްވެސް މަސް ދުވަހުގެ ޕެޓަރނިޓީ ލީވްވެސް މުސާރައާއެކު ދޭގޮތަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް