މާރިޔާ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

މާރިޔާ އަހްމަދު ދީދީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ކަމުން މާރިޔާ އަހްމަދު ދީދީ މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

މާރިޔާ އިސްތިއުފާ ދެއްވާފައިވާ އިރު އޭނާއަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމް ދޭން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރައީސް އިބޫގެ ސަރުކާރުގެ މިނިސްޓަރުން އިއުލާނު ކުރާނީ މިރޭ އެވެ.

މާރިޔާގެ އިތުރުން އަހްމަދު މަހްލޫފު ވެސް ވަނީ މިރޭ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. މަހްލޫފަށް ދޭން މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިބޫގެ ސަރުކާރުގައި 19 މިނިސްޓްރީއެއް ހިމެނޭ ގޮތަށް ކެބިނެޓް ސްޓްރަކްޗަ ވަނީ އެކުލަވާލައިފަ އެވެ.

އިބޫ ސަރުކާރުގެ މިނިސްޓަރުންނަށް ވާނެ ކަމަށް ބެލެވޭ ބޭފުޅުން

  • މިނިސްޓަރު އޮފް ފޮރިން އެފެއާޒް - އަބްދުﷲ ޝާހިދު
  • މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް - އިމްރާން އަބްދުﷲ
  • މިނިސްޓަރު އޮފް ޓޫރިޒަމް - ޑރ އަބްދުﷲ މައުސޫމު
  • މިނިސްޓަރު އޮފް ހެލްތު - ޑރ ޝަހު މާހިރު
  • މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް - ފައްޔާޒު އިސްމާއިލް
  • މިނިސްޓަރު އޮފް ފިނޭންސް - އިބްރާހިމް އަމީރު
  • މިނިސްޓަރު އޮފް ޑިފެންސް - މާރިޔާ އަހުމަދު ދީދީ
  • މިނިސްޓަރު އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ - ޒަހާ ވަހީދު
  • މިނިސްޓަރު އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް - ޝިދާތާ ޝަރީފު
  • މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ - މުހައްމަދު އަސްލަމް
  • މިނިސްޓަރު އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް - އާތިފާ ޝަކޫރު
  • މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް - އަހުމަދު މަހުލޫފު
  • މިނިސްޓަރު އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ - އަހުމަދު ފަޔާޒު
  • މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - އައިޝަތު ނަހުލާ
  • މިނިސްޓަރު އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް - ޔުމްނާ މައުމޫނު
  • މިނިސްޓަރު އޮފް ހަޔާ އެޑިއުކޭޝަން - ޑރ. އިބްރާހީމް ހަސަން
comment ކޮމެންޓް