ޑީއާރުޕީގެ ލީޑަރަށް ހަމަލާދީ ޒަހަމްކޮށްލައިފި

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް) ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަދި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކާނަލް މުހައްމަދު ނަޝީދުއަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެ ހަމަލާއާ ބެހޭ ގޮތުން "'ސަން" އަށް މައުލޫމާތު ދެއްވަމުން ކާނަލް ވިދާޅުވީ އޭނާ އަށް ހަމަލާ ދިނީ މާފަންނު ކެފޭއެއްގެ ކައިރީގައި ހުންނަވަނިކޮށް މިއަދު ކަމަށެވެ.

"ދެ ތިން މީހަކު އައިސް ހަމަލާ ދިނީ. ފުރަތަމަ އެ މީހުން އައިސް ބިއްލޫރި ތައްޓެއް އެއްލީ. ދެން ނިކުތީ ޕްލާސްޓިކް ގޮނޑި ހިފައިގެން ތަޅަން. " ކާނަލް ވިދާޅުވި އެވެ.

އެ ހަމަލާގައި އޭނާގެ ކަކުލަށާއި އަދި އަތަށް ކުދިކުދި އަނިޔާ ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކާނަލް އަށް ދިން ހަމަލާ ޕީޕީއެމްއިން ވަނީ ވަރަށް ބޮޑަށް ކުއްވެރިކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބަހެއް ވަނީ ނުލިބިފަ އެވެ.

comment ކޮމެންޓް