ލިތުއޭނިއާގައި ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑުގެ ވެރިޔާގެ މަގާމު މިއަހަރު، 1.56 މީޓަރު ދިގު އިސްތަށިގަނޑުގެ ވެރިފަރާތަކުން ހޯދައިފި އެވެ.
ލިތުއޭނިއާގައި ނުވަ ވަނަ ފަހަރަށް ބާއްވާ އެމުބާރާތުގައި 185 އަންހެނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރުން ފެށިގެން 80 އަހަރާ ދެމެދުގެ އަންހެނުން ހިމެނުނު ކަމަށް މުބާރާތް އިންތިޒާމް ކުރި ފަރާތަކުން ބުންޏެވެ.
މިއަހަރު އެމުބާރާތް ކާމިޔާބުކޮށްފައި ވަނީ 26 އަހަރުގެ އަންހެނެކެވެ. އޭނާގެ އިސްތަށިގަނޑުގެ ދިގު މިން 156 ސެންޓިމީޓަރު ނުވަތަ 1.56 މީޓަރަށް އަރަ އެވެ.
Women in Lithuania go head-to-head to see who has the longest locks in the land pic.twitter.com/g3giAJVBfE
— Reuters TV (@ReutersTV) November 13, 2018
އެމުބާރާތް ކާމިޔާބު ކުރާ ފަރާތަކަށް ލިބެނީ ފްރާންސް ނުވަތަ ބެލްޖިއަމްގައި ހުންނަ ޔޫރަޕިއަން ޕާލިމެންޓަށް ދަތުރު ކުރުމަށް، ދެ މީހަކަށް ދޭ ފުރުސަތެކެވެ.
އެމުބާރަތް އިންތިޒާމު ކުރި ފަރާތަކުން ބުނި ގޮތުގައި، އެމުބާރާތުގެ ތާރީހުގައި އެންމެ ދިގު އިސްތަށިގަނޑުގެ ރެކޯޑު ގާއިމުކޮށްފައި ވަނީ 2013 ވަނަ އަހަރެވެ. އެއަހަރު ހޮވި އެންމެ ދިގު އިސްތަށިގަނޑުގެ ދިގު މިނުގައި 245 ސެންޓިމީޓަރު ހުއްޓެވެ.
ގިނެސް ވޯލްޑް ރެކޯޑްސްއިން ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު އޮތް އަންހެން މީހާގެ ލަގަބު ހޯދާފައި ވަނީ ޗައިނާގެ އަންހެނެކެވެ. ދެހާސްހަތަރު ވަނަ އަހަރު ޝިއޭ ޗިއުޕިންގް އެރެކޯޑު ހޯދި އިރު އޭނާގެ އިސްތަށިގަނޑުގައި 5.627 މީޓަރު ހުއްޓެވެ.