މާވެލް ކޮމިކްސް ގެ "ސުޕަ ހީރޯ" ސްޓޭން ލީ މަރުވެއްޖެ

މާވެލްގެ ރަސްގެފާނު ސްޓޭން ލީ---

މާވެލް ކޮމިކްސް އުފެއްދި ސުޕަހީރޯ ސްޓޭން ލީ މަރުވެއްޖެއެވެ.

އޭނާ މަރުވިއިރު އުމުރަކީ 95 އަހަރެވެ. ސްޓޭން ލީގެ ދަރިފުޅާ ހަވާލާދީ ބޭރުގެ ބައެއް ރިޕޯޓްތައް ބުނީ އޭނާގެ ހާލަތު ގޯސްވެގެން އިއްޔެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ސްޓޭން ލީއަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ ނިއުމޯނިޔާ ޖެހިގެންނެވެ.

ސްޓޭން ލީ ވަނީ މާވެލްގެ ގިނަ ކެރެކްޓަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެގޮތުން 1939 ވަނަ އޭނާ އެ މަސައްކަތް ފަށައި ގިނަ އަދަދެއްގެ ކެރެކްޓާތަކެއް ވަނީ ގެނެސްދީފައެވެ.

އޭނާ ވަނީ ބެލްކް ޕެންތާ، ސްޕައިޑަ މޭން، ހަލްކް އަދި އަޔަން މޭން ފަދަ ކެރެކްޓާތައް އުފައްދައިފައެވެ. އަދި ގިނަ ކޮމިކް ފޮތްތަކެއް ވެސް އޭނާ ވަނީ އުފައްދައިފައެވެ.

ސްޓޭން ލީ މަރުވުމާ ގުޅިގެން ގިނަ ފޭނުންނާއި ތަރިން ތައުޒާކިޔަމުން އަންނައިރު ބައެއް މީހުން ބުނީ އޭނާ މަރުވުމަކީ ހޮލީވުޑް އިންޑަސްޓްރީއަށް ލިބުނު ހީނަރު ކަމެއް ކަމަށާއި އަދި މާވެލްއަށް ވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

comment ކޮމެންޓް